ދިރާގު ލިމިޓެއްނެތް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ހާއްސަކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
މި ޕްރޮމޯޝަން މެދުވެރިކޮށް ހިލޭ ސްމާޓް ކެމެރާ އާއިއެކު ކޮންމެ ހަފުތަކާއަކު 65 އިންޗީގެ ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
މި ގޮތުން ދިރާގު ލިމިޓެއްނެތް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތައް މިހާރު ވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންގެ ތެރެއިން ޕެކޭޖް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް އަދި އަލަށް މި ހިދުމަތް ހޯދާ ފަރާތްތަކަށް މި އަގު ހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 8 ވަނަ ދުވަހުން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ލިމިޓެއްނެތް ފައިބަ ބްރޯޑްބޭންޑްގެ 30 އެމްބީޕީއެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑެއްގެ އާ ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށް ހިލޭ "އިންޑޯ ސްމާޓް ކެމެރާ" އެއް ލިބޭނެ އެވެ. އަދި 50 އެމްބީޕީއެސް އިން ފެށިގެން މަތީގެ ޕެކޭޖެއް ހިޔާރުކުރާ ފަރާތްތަކަށް "އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް" އެއް މުޅިން ހިލޭ ލިބިގެންދާނެ އެވެ.
މީގެ އިތުރުން މިހާރު ވެސް ލިމިޓެއްނެތް ފައިބަ ބޭނުންކުރައްވާ ކަސްޓަމަރުންގެ ތެރެއިން މި ޕްރޮމޯޝަންގެ މުއްދަތުގައި 30 އެމްބީޕީއެސް ނުވަތަ އެއަށްވުރެ މަތީ ސްޕީޑަކަށް ކަނެކްޝަން އަޕްގްރޭޑްކުރާ ފަރާތްތަކަށް ވެސް "އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑްލް" އެއް ހިލޭ ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
މިއީ ހަލުވި ސްޕީޑުގެ އިންޓަރނެޓާއެކު ގޭތެރޭގެ ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
ހިލޭ ލިބޭ ކެމެރާގެ އިތުރުން މި ޕްރޮމޯޝަންގެ މުއްދަތުގައި ލިމިޓެއްނެތް ފައިބަ ހިދުމަތް އަލަށް ހޯދާ ފަރާތްތަކާއި ހިދުމަތް އަޕްގްރޭޑް ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ބާއްވާ ހާއްސަ ގުރުއަތުގެ ނަސީބުވެރިއަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭނެ އެވެ.
މި ކެމްޕޭނުގެ ތެރޭގައި ޖުމްލަ ހަތަރު ގުރުއަތުލުން ކުރިއަށްދާއިރު، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
މި ޕްރޮމޯޝަނަކީ އިތުބާރުހުރި، ހަލުވި ފައިބަ ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށާއި، ސްމާޓް ހޯމް ސޮލިއުޝަންތަކާއި ހިތްގައިމު އިނާމުތަކާއެކު ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.




