މިފްކޯއިން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށައިފި

މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުތަކުން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށައިފި އެވެ.

މިފްކޯއިން އިއްޔެއިން މި ބަރުދަނުގެ ކަންނެލި ގަންނަން ފަށާފައިވަނީ ކިލޯއެއް 20 ރުފިޔާގެ ރޭޓުންނެވެ.

ގއ. ކޫއްޑޫ ބަނދަރާއި އައްޑޫ ސިޓިގެ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ބަރުދަނުގެ ކަންނެލި އިއްޔެ ގަނެފައިވާ ކަމަށް މިފްކޯ އިން މައުލޫމާތު ދީފައިވެ އެވެ.

މީގެ އިތުރަށް 15 ކިލޯއިން މަތީގެ ކަންނެލި 25 ރުފިޔާގެ މަގުން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުތަކަށް ދަނީ ގަންނަމުންނެވެ. އަދި ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މިފްކޯ އިން ބުނީ ވަކި ބަރުދަނެއްގެ ކަންނެލި މިފްކޯއަށް ގަތުމަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ.

"މިގޮތުން މި މުހިންމު ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބުގެންދާނެ ކަމަށް އަޅުގަނޑުމެން ދެކެން،" މިފްކޯ އިން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *