އްޖެ އެތެރެކުރަން އުޅުނު ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސުން ބުނި ގޮތުގައި ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 6.75 ކިލޯގެ މަސްތުވާތަކެއްޗެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކު ކުރެވިގެން އިތުރަށް ބަލައިފާސް ކުރުމުގެ ތެރޭގަ އެވެ.
ކަސްޓަމްސުން ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ އިން އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ސިންތެޓިކް ކެތިނޯން އެވެ.




