ހުޅުމާލެ 3ވަނަ ފިޔަވަހި: 47 ހެކްޓަރުގެ ބިން ހިއްކައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފި އެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އެމްްއޭސީއެލް އިންނެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިމުގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައިވަނީ 17 ހެކްޓަރެވެ.

އެމްއޭސީއެލް އިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމާ ހަވާލުވެ އެ މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.

ބިން ހިއްކުން އަވަސްކުރުމަށްޓަކައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ނެދަލޭންޑްސްގެ ބޮސްކާލިސްގެ ޑްރެޖަރެއް ރާއްޖެ ގެނެސްފައި އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި ހިއްކަންޖެހޭ ސަރަހައްދު މިމަސް ނިމުމުގެ ކުރިން ހިއްކާ ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *