ޕްލާސްޓިކް ކޮތަޅު ފީ އާމްދަނީ ދަށަށް

ޕްލާސްޓިކް ކޮތަޅު ފީ އިން މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕްލާސްޓިކް ކޮތަޅު ފީ ގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބުނީ 5.9 މިލިއަން ރުފިޔާ އެވެ.

ޕްލާސްޓިކް ކޮތަޅު ފީ ގެ ގޮތުގައި 2024 ވަނަ އަހަރު ދައުލަތަށް 9.1 މިލިއަން ރުފިޔާ ލިބުނެވެ. މިއީ 3.2 މިލިއަން ރުފިޔާ، 35 ޕަސެންޓް މަދުވުމެކެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީއަކީ ރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ނަގާ ފީ އެކެވެ.

މި ފީ ނަގަން ފެށީ އެޕްރީލް 18، 2023 އިން ފެށިގެންނެވެ.

ފީ ގެ ގޮތުގައި ނަގަންޖެހެނީ ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ދެ ރުފިޔާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *