ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 79،000 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 79،004 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 69،553 ފަތުރުވެރިންނަށްވުރެ 13.6 ޕަސެންޓް އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.
ޓޫރިޒަމްގެ ގަދަ 10 ގައުމު
ރަޝިއާ – 14,638 ފަތުރުވެރިން
އިޓަލީ – 10,298 ފަތުރުވެރިން
އިނގިރޭސިވިލާތް – 5,959 ފަތުރުވެރިން
ޖަރުމަނު – 4,799 ފަތުރުވެރިން
ޗައިނާ – 3,637 ފަތުރުވެރިން
އިންޑިއާ – 2,566 ފަތުރުވެރިން
އެމެރިކާ – 2,470 ފަތުރުވެރިން
ފްރާންސް – 2,035 ފަތުރުވެރިން
ކަޒަކިސްތާން – 1,855 ފަތުރުވެރިން
އޮސްޓްރޭލިއާ – 1,836 ފަތުރުވެރިން
ފަތުރުވެރިންގެ ތެރެއިން 77,935 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 309 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 248 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 221 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މީގެ އިތުރުން މާމިގިލި އެއާޕޯޓުން 181 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 11 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ފެސިލިޓީތައް
ރިސޯޓު – 54,573 ފަތުރުވެރިން
ހޮޓެލްސް – 2,329 ފަތުރުވެރިން
ގެސްޓްހައުސް – 20,102 ފަތުރުވެރިން
ސަފާރީ އުޅަނދުތައް – 1,940 ފަތުރުވެރިން
އެހެނިހެން – 59 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 974 ގެސްޓްހައުސް އާއި 168 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،647 އެވެ.




