ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ހިންގާ ރިސޯޓުތަކުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ފަށައިފި އެވެ.
އެ ކުންފުނީގެ ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރައާއި އިނާޔަތްތައް ދެމުންދާތާ ދެތިން މަހެއްހާ ދުވަސްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ހިންގާ ރިސޯޓުތަކުގައި މިފަހުން މުސާރަ ދެމުން އައީ ރުފިޔާއިންނެވެ. އެކަމަކު އޭރުވެސް ސާވިސް ޗާޖް ދިނީ ޑޮލަރުންނެވެ.
ރާއްޖޭގައި އެންމެ ގިނަ ރިސޯޓްތައް ހިންގަމުންދާ އެއް ކުންފުނި — ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ޖުމްލަ 11 ރިސޯޓެއް ހިންގައެވެ.




