ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓް ކަމުގައިވާ ޗައިނާއިން މިއަހަރުގެ މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ޗައިނާއިން 100،185 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ 684،908 ފަތުރުވެރިންގެ 15 ޕަސެންޓެވެ.
ފާއިތުވި 2025 ވަނަ އަހަރު ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އެރީ މޭ މަހު އެވެ.
ޓޫރިޒަމްގެ ގަދަ 10 ގައުމު
ޗައިނާ – 100,185 ފަތުރުވެރިން
ރަޝިއާ – 84,739 ފަތުރުވެރިން
އިނގިރޭސިވިލާތް – 65,105 ފަތުރުވެރިން
އިޓަލީ – 59,396 ފަތުރުވެރިން
ޖަރުމަނު – 46,245 ފަތުރުވެރިން
އިންޑިއާ – 28,349 ފަތުރުވެރިން
ފްރާންސް – 22,530 ފަތުރުވެރިން
އެމެރިކާ – 17,631 ފަތުރުވެރިން
ސްވިޓްޒަލޭންޑް – 15,128 ފަތުރުވެރިން
އޮސްޓްރިއާ – 13,157 ފަތުރުވެރިން
ފަތުރުވެރިންގެ ތެރެއިން 665,691 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 2,620 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 2,813 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 1,630 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މީގެ އިތުރުން މާމިގިލި އެއާޕޯޓުން 1,234 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 568 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.




