4 މިލިއަން ރުފިޔާ ވައްކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި

ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަރީލު މުހައްމަދު (47އ) އެވެ.

އޭނާއަށް ކުރަނީ ވައްކަމާއި މުދަލަށް ގެއްލުން ދިނުން އަދި ހުއްދަ ނޫންތަނަކަށް ވަނުމުގެ ތުހުމަތެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

މި ވައްކަން ކޮށްފައިވަނީ ނަލަހިޔާ ރެސިޑެންސްގެ 8އޭ އެޕާޓްމަންޓުންނެވެ. އެ އެޕާޓްމެންޓަށާއި ވައްކަން ކުރި ދެ ތިޖޫރިއަށް ދީފައިވާ ގެއްލުން ފެންނަ ފޮޓޯ ރިޕޯޓެއް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

މި މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) އެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓްކުރީ މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 5:49 ހާއިރު އެވެ.

މި މައްސަލައިގައި ފަސް މީހަކަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން މި މަހުގެ 12 ވަނަ ދުވަހު ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *