މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެކުލަވާލި ކޮމިޓީއަށް ބަދަލުތަކެއް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީއަށް ބަދަލުތަކެއް ގެންނަވައިފި އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު، ވަޒީރުންގެ ހާއްސަ ކޮމެޓީ އުފެއްދެވީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ.

ކޮމިޓީއަށް ބަދަލުތަކެއް ގެނެސްފައި މިވަނީ ކެބިނެޓްގެ 10 ވަޒީރަކު އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

މި ކޮމެޓީއަށް ބަދަލު ގެންނަވާފައި ވަނީ ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.

މި ބަދަލާއެކު ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުން
މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މޫސާ ޒަމީރު (ޗެއާ)
މިނިސްޓާ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް
މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް
މިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން

މި ކޮމިޓީ ފުރަތަމަ އުފެއްދެވިއިރު ނުވަ ވަޒީރަކު މި ކޮމިޓީގައި ހިމެނިވަޑައިގެންނެވި އެވެ.

ކޮމިޓީ އުފެއްދެވިއިރު ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުން
މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް (ކޮމިޓީގެ ޗެއާ)
މިނިސްޓާ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން
މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރު
މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން
މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން
މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހީމް
މިނިސްޓާ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހްމަދު
މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު

މި ކޮމިޓީ އުފެއްދީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމުގެ މަގުސަދުގައި ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *