ފޮނަދޫ ފަޅު ގޯއްޗެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ލ. ފޮނަދޫ ޕޮލިސް ސްޓޭޝަން ކައިރީ ހުރި ފަޅު ގޯއްޗެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 7:16 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ލ. ކައްދޫ ފަޔަ ސްޓޭޝަނަށް މައުލޫމާތު ލިބުމާ އެކު އެތަނުގެ ފަޔަ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފަ އެވެ. އެގޮތުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިރޭ 7:46 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *