ފޭދޫ ސްކޫލުގެ ލައިބްރަރީގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

އައްޑޫ ސިޓީގެ ފޭދޫ ސްކޫލުގެ ލައިބްރަރީގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް އެތަނަށް ލިބިއްޖެ އެވެ.

އަލިފާން ރޯވީ ސްކޫލުގެ ކިޔެވުން ކުރިއަށް ދަނިކޮށް މިއަދު ހެނދުނު 8:20 ހާއިރު އެެވެ. ސިފައިންގެ މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 8:56 ހާއިރު އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަދި އެއްވެސް ދަރިވަރަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ލައިބްރަރީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ސްކޫލުގެ ބައެއް މުވައްޒަފުން ބުނެ އެވެ.

ފޭދޫ ސްކޫލަށް ލިބުނު ގެއްލުންތައް އައްޑޫ ސިޓީ ކައުންސިލްގެ ޓީމަކުންވެސް މިއަދު ވަނީ ބަލާފަ އެވެ.

އަލިފާން ރޯވާ ދިމާވި ސަބަބެއް އަދި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ފޭދޫ ސްކޫލަކީ ފޭދޫ އަވަށުގައި ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *