މިނިސްޓްރީތަކުގެ މެންޑޭޓަށް ބަދަލު ގެނެސް އައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލުތަކެއް ގެންނެވީ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި 10 ވަޒީރަކު މި މަހުގެ 14 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެ ގޮތުން ބައެއް މިނިސްޓްރީތައް އުވާލައްވާ، ބައެއް މިނިސްޓްރީތަކުގެ މެންޑޭޓަށް ބަދަލު ގެނެސްފައިވެ އެވެ.
މަޖިލީހުން ވަޒީރުންނަށް ރުހުން ދިން ވޯޓުގެ ނަތީޖާ
މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް – މޫސާ ޒަމީރު | ފެންނަ ކަމަށް 76 ވޯޓު | ނުފެންނަ ކަމަށް 01 ވޯޓު
މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ – އަލީ އިހްސާން | ފެންނަ ކަމަށް 70 ވޯޓު | ނުފެންނަ ކަމަށް 02 ވޯޓު
މިނިސްޓާ އޮފް ފޮރިން އެފެއާޒް – އިރުތިޝާމް އާދަމް | ފެންނަ ކަމަށް 75 ވޯޓު | ނުފެންނަ ކަމަށް 00 ވޯޓު
މިނިސްޓާ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް – ޑރ. އިސްމާއީލް ޝަފީއު | ފެންނަ ކަމަށް 72 ވޯޓު | ނުފެންނަ ކަމަށް 02 ވޯޓު
މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ – ގީލާ އަލީ | ފެންނަ ކަމަށް 75 ވޯޓު | ނުފެންނަ ކަމަށް 00 ވޯޓު
މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް – މުހައްމަދު ސައީދު | ފެންނަ ކަމަށް 65 ވޯޓު | ނުފެންނަ ކަމަށް 12 ވޯޓު
މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް – ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު | ފެންނަ ކަމަށް 74 ވޯޓު | ނުފެންނަ ކަމަށް 00 ވޯޓު
މިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން – މުހައްމަދު އަމީން | ފެންނަ ކަމަށް 73 ވޯޓު | ނުފެންނަ ކަމަށް 02 ވޯޓު
މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް – އަބްދުﷲ ރާފިއު | ފެންނަ ކަމަށް 75 ވޯޓު | ނުފެންނަ ކަމަށް 00 ވޯޓު
މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް – ހީނާ ވަލީދު | ފެންނަ ކަމަށް 64 ވޯޓު | ނުފެންނަ ކަމަށް 12 ވޯޓު
މިނިސްޓާ އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް – ޑރ. އަބްދުﷲ މުއްތަލިބް | ފެންނަ ކަމަށް 68 ވޯޓު | ނުފެންނަ ކަމަށް 05 ވޯޓު
މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ – އަލީ ޝަރީފު | ފެންނަ ކަމަށް 63 ވޯޓު | ނުފެންނަ ކަމަށް 13 ވޯޓު
މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް – އަހުމަދު ޝިޔާމް | ފެންނަ ކަމަށް 73 ވޯޓު | ނުފެންނަ ކަމަށް 00 ވޯޓު
މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް – ހަސަން ރަޝީދު | ފެންނަ ކަމަށް 76 ވޯޓު | ނުފެންނަ ކަމަށް 00 ވޯޓު
މިނިސްޓަރު އަހުމަދު ޝިޔާމް އާއި ހަސަން ރަޝީދު ފިޔަވައި ދެން ތިއްބެވި ވަޒީރުން މަގާމަށް އައްޔަން ކުރެއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އަހުމަދު ޝިޔާމް އާއި ހަސަން ރަޝީދު އައްޔަން ކުރެއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.




