ޗައިނާއިން ރާއްޖެއަށް ތެޔޮ ވިއްކަނީ

ޗައިނާ އިން ކުރިއަށް އޮތް މެއި މަހު ތެޔޮ ވިއްކާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ.

ދުނިޔޭގައި އެންމެ ގިނަ ބަޔަކު ކިޔާ އެއް ނޫސް ކަމަށްވާ ރޮއިޓާސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޗައިނާ އިން ދަނީ ޕެޓްރޯލް، ޑީސަލް އަދި ޖެޓް ފިއުލް ހިމެނޭ ގޮތަށް ފަސްލައްކަ މެޓްރިކް ޓަނުގެ ތެޔޮ ވިއްކުމަށް ތައްޔާރުވަމުންނެވެ.

ތެޔޮ ވިއްކަން ޗައިނާ އިން ހުއްދަ ދީފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް، މިޔަންމާ، ކެމްބޯޑިއާ، ލާއޯސް، ނިއުޒީލެންޑް އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.

ދިވެހި ސަރުކާރުން މީގެކުރިން ބުނި ގޮތުގައި މެދުއިރުމަތިން ރާއްޖެއަށް ތެޔޮ ގެނައުމަށް ދަތިތަކެއް ކުރިމަތިވެއްޖެނަމަ އެހެން ގައުމުތަކުން ރާއްޖެއަށް ތެޔޮ ގެނައުމަށް ވަނީ މަޝްވަރާކުރެވިފަ އެވެ. އެކަމަކު އެއީ ކޮން ގައުމުތަކެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އެމެރިކާ އާއި އިރާން ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު މައްޗަށް ގޮސްފައިވާއިރު ތެޔޮ ލިބުމުގައިވެސް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *