އެސްޑީއެފްއަށް 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފި

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މި އަހަރު 1.2 ބިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިއީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑަށް ޖަމާކުރި އަދަދެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރި 1.1 ބިލިއަން ރުފިޔާއަށްވުރެ 8.4 ޕަސެންޓް އިތުރު މިންވަރެކެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މި އަހަރު 2.4 ބިލިއަން ރުފިޔާ ޖަމާކުރަން ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް އެސްޑީއެފްއަށް ޖަމާކުރެވުނީ އެ ފަންޑަށް ޖަމާކުރަން ކަނޑައެޅި އަދަދުގެ 51 ޕަސެންޓެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ.

ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *