އޮސްޓްރޭލިއާ އިން ހަދިޔާކުރި މަނަވަރު ކޮމިޝަންކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަންކޮށްފި އެވެ.

މިކަމަށްޓަކައި އެމްޕީއެލް ހުޅުމާލެ ޕޯޓްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ މަނަވަރު ކޮމިޝަންކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އާއި އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޝިޕް ކޮމިޝަން ކުރުމަށްފަހު ހިދުމަތް ފެށުމުގެ ގޮތުން އުޅަނދުގެ ކުރީގައި ދިވެހި ގައުމީ ދިދަ އަދި އުޅަނދުގެ ފަހަތުގައި އެމްއެންޑީއެފްގެ ދިދަ ވަނީ ނަގާފަ އެވެ. އަދި މެއިން ހެލްޔާޑްގައި ކޮމިޝަނިން ޕެނަންޓް ވަނީ ބަހައްޓާފަ އެވެ.

މި މަނަވަރު ރާއްޖެ ގެނެސްފައި ވަނީ މިދިޔަ ޖޫން މަހު އެވެ.

އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މި އުޅަނދަކީ މުޅިން އާ އުޅަނދެއް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *