ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ޝިޕިން ލިންކެއް ގާއިމުކުރަނީ

ބަންގްލަދޭޝްއާއި ދިވެހިރާއްޖެއާ ދެމެދު ޝިޕިން ލިންކެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މަޝްވަރާތައް ކުރިއަށް ގެންދިޔައީ ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއް ރަހުމާން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ މާލޭގައެވެ.

ދެ ގައުމުގެ ދެމެދުގައި ޝިޕިން ލިންކެއް ގާއިމުކުރުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިތުރު ވިޔަފާރިތަކަށް ފުރުސަތުތައް ހުޅުވި ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުވެގެން ދާނެ ކަމަށް ދެ ސަރުކާރުން ދެކެ އެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު ވަނީ ފުރާވަޑައިގެންފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *