ނުލިބި ހުރި ފައިސާގެ އަދަދު 14.4 ބިލިއަނަށް

ދައުލަތަށް އާމްދަނީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު 14.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓަށް ބަލާއިރު ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ވަނީ 14.46 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

މި އަދަދު މިދިޔަ އަހަރު ނިމުނުއިރު ހުރީ 13.85 ބިލިއަން ރުފިޔާގަ އެވެ.

މީރާއަށް ނުލިބި ހުރި ފައިސާގެ ތަފުސީލް

ޓެކްސް އާމްދަނީ

  • އިންކަމް ޓެކްސް – 2.4 ބިލިއަން ރުފިޔާ
  • ޓީޖީއެސްޓީ – 1.5 ބިލިއަން ރުފިޔާ
  • ޖީޖީއެސްޓީ – 3.4 ބިލިއަން ރުފިޔާ
  • އެހެނިހެން – 697.6 މިލިއަން ރުފިޔާ

ޓެކްސް ނޫން އާމްދަނީ

  • ޓޫރިޒަމް ބިމު ކުލި – 5.9 ބިލިއަން ރުފިޔާ
  • އެހެނިހެން – 331.4 މިލިއަން ރުފިޔާ

މީރާއިން ހާމަކުރި ގޮތުގައި ނުލިބި ހުރި ފައިސާގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުލިބިހުރި 3.5 ބިލިއަން ރުފިޔާ ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *