ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ވިޔަފާރިކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކުރީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން އަންހެން މީހާގެ ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މީގެއިތުރުން އަންހެން މީހާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފޮޒިޓިވްވެފައިވެ އެވެ.

އަންހެން މިހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ނިންމީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *