އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ގާއިމުކުރުމަށް މަޝްވަރާކޮށްފި

އދގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ އޮފީހެއް ރާއްޖޭގައި ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު، ފްރާންސްގެ ނީސްގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުުރުފުޅުގައި ކޮންފަރެންސްގެ ހަވާސާގެ ތެރެއިންނެވެ.

މިނިސްޓަރު ޝިޔާމް ވަނީ އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ގާއިމުކޮށް މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކުރުމަށް އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން އެފްއޭއޯގެ ޑިރެކްޓާ ޖެނެރަލް ކޫ ޑޮންގްޔޫއާ އެކު މަޝްވަރާ ކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ޑޮންގްޔޫ ވަނީ އެފްއޭއޯގެ އޮފީހެއް ރާއްޖޭގައި ގާއިމުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިނިސްޓަރު ވަނީ އެފްއޭއޯ އިން ރާއްޖެއަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުވެސް އަދާކުރައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *