ގައްދޫ ރަޝީދު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު އަވަހާރަވެއްޖެ އެވެ.

ADS BY OOREDOO
ވަރަށް ގިނަ ދުވަސްތަކަކު އާލަސްކަންފުޅާ އުޅުއްވުމަށްފަހު ރަޝީދު އަވަހާރަވީ މިއަދު އައިޖީއެމް ހޮސްޕިޓަލް ގައެވެ.

ގައްދޫ ދާއިރާގެ މެންބަރުކަން އޭނާ ކުރެއްވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެވެ.

އަހްމަދު ރަޝީދަކީ ޕީޕީއެމްގައި އަދި ފަހުން ޕީއެންސީގެ ހަރަކާތްތަކުގައިވެސް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ރަޝީދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ އަހްމަދު ރަޝީދަކީ އެކުގައި ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވުނު ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަވަހާރަވުމުގެ ހިތާމާއިގައި ބައިވެރިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *