created by dji camera

ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ފީނަން ފޭބި ފަހުން ގެއްލުނު ޖަޕާން ފަތުރުވެރިޔާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދުގެ ހަވީރު 5:17 ހާއިރު ފަތުރުވެރިޔާ ހޯދައި މޫދުން ނަގާފައިވާ ކަމަށެވެ.

އެމީހާ މޫދުން ނަގައިގެން މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ފަތުރުވެރިޔާ ގެއްލުނީ މިއަދު ހެނދުނު ކ. މާފުށީ ކައިރީގައި އޮންނަ ކަނޑޫމާ ތިލަ ކައިރީގައި ފީނަމުން ދަނިކޮށެވެ.

ރާއްޖޭގައި ފީނަނިކޮށް ފަތުރުވެރިންނަށް ސިއްހީ އެކި މައްސަލަތައް ދިމާވުމާއި އަދި ބައެއް ފަހަރު މީހުން މަރުވުމަކީ ހިނގަމުންދާ ހާދިސާތަކެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *