ބްރޯޑްކޮމްގެ މެންބަރު ކަމަށް ޒަމްއަތު އައްޔަންކުރަން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ޒަމްއަތު އަހުމަދު ވަހީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުންނެވެ.

ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ޒަމްއަތު ވަނީ ދައުލަތުގެ މީޑިއާގެ އިތުރުން ބައެއް އަމިއްލަ މީޑިއާތަކުގައިވެސް މަސައްކަތް ކުރައްވާފަ އެވެ.

ބްރޯޑްކޮމްއަށް މެންބަރަކު އައްޔަންކުރަން ހަ ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ހުށަހެޅުއްވީ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ އެވެ. އެ ގޮތުން އަމީނާގެ މެންބަރުކަމުގެ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ.

ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނީ ޒަމްއަތު އަހުމަދަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *