ލަންކާގެ ދެ މަސް ބޯޓު އަތުލައިގެންފި

ރާއްޖޭގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅުނު ސްރީލަންކާގެ ދެ މަސް ބޯޓު ރާއްޖޭގެ ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.

މި ދެ ބޯޓު އަތުލައިގަތީ ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއް ގައެވެ.

ދެ ބޯޓު އަތުލައިގަނެވުނު ނަމަވެސް މިކަމުގެ ތަފްސީލް އެމްއެންޑީއެފް އަކުން އަދި ނުދެ އެވެ.

އެކަމަކު ސިފައިން ވަނީ މިކަމާ ގުޅޭ ދެ ފޮޓޯއެއް އާންމުކޮށްފަ އެވެ. ފޮޓޯތަކުން އެނގޭ ގޮތުގައި ދެ މަސްބޯޓު އަތުލައިގަތީ ސިފައިން ގެންގުޅޭ އަސްކަރީ ޑްރޯން ބޭނުންކޮށްގެންނެވެ.

ދިވެހި ސިފައިން އަތުލައިގެން ދެ މަސް ބޯޓު ފުލުހުންނާ ހަވާލުކުރުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *