ފޭކް ސްލިޕެއް ފޮނުވައިގެން ފޯނެއް ގަތްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރ. މީދޫ، ނަސީމީގެ، މުހައްމަދު ޝާފީ (29އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އޭނާއަށް ތުހުމަތު ކުރަނީ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން ފޯނެއް ގަތްކަމުގެ ތުހުމަތެވެ.
އޭނާއަކީ ބަންދު ލޮގު ގިނައިން އޮތް މީހެއްކަން ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.




