ސިފައިންގެ ކުންފުނި — ސިވެކްގެ ލޭންޑިން ކްރާފްޓެއް އިއްޔެ ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް ބަންޑުންޖަހާލީ "އެލްސީ 308″ ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެކެވެ.
އެ ވަގުތު އެ އުޅަނދުގައި ހަ މީހުން ދަތުރުކުރިއިރު ގެއްލިގެން ހޯދަނީ ބަންގްލަދޭޝްގެ މީހެކެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވެފައިވަނީ ތ. ހިރިލަންދޫއަށް ނިސްބަތްވާ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސާ 2 އަލީ ހާމިދު އެވެ.
ހާމިދުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ރޭ ވަނީ ހުޅުމާލެ ސަހަރާގައި ބާއްވާފަ އެވެ.




