ރައީސް ނަސީދު އދ.ގެ ސެކްޓަރީ ޖެނެރަލްގެ މަގާމަށް ވާދަ ކުރައްވަން ނިންމަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރުހުމާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ މައި އިދާރާގެ އިދާރީ އެންމެ އިސް މަގާމަކަށް ނަން ހުށަހަޅުއްވާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސަރުކާރުން ވަނީ ނަޝީދުގެ ނަމަށް ރުހުންދީ ރަސްމީކޮށް ލިޔެކިޔުން ފޮނުވާފައިކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމާ ގުޅުގެން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ފަދަކަމެެއް ހިނގާފައިވާކަން އެމްޑީޕީގެ އިސްވެރިން ވަނީ ހާމަކޮށްފައެވެ.

ޔޫއެންޑީޕީގެ އިސް މަގާމަށް ބޭފުޅަކު އައްޔަންކުރައްވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް، ޔޫއެންޑީޕީގެ އެގްޒެކެޓިވް ބޯޑާ މަޝްވަރާ ކުރެއްވުމަށްފަހު ޖެނެރަލް އެސެމްބްލީގެ ތާއީދާ އެކުގައެވެ. އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީއާއި ލީޑަޝިޕް އަދި އޮޕަރޭޝަނަލް މެނޭޖްމަންޓްގެ ތަޖުރިބާއާއި ހުނަރު ހުރުމާއެކު އދ.ގެ ނިޒާމާމެދު ހަރުދަނާ ވިސްނުން ހުރުން ހިމެނެއެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިން ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވާފައެވެ. ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު ”ޑިމޮކްރެޓްސް“ ޕާޓީ އުވާލައްވައި އެމްޑީޕީއަށް އެނބުރި ވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *