އަތޮޅު ތެރޭގެ ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ވަނީ މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަކަށްވެސް ވަނީ ހުޅުވާލާފަ އެވެ.
އިސްލާމީ މަރުކަޒާއި މިސްކިތް އިމާރާތްކުރާ ރަށްތަކާއި ބިޑް ސެކިއުރިޓީ:
ހއ. އިހަވަންދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް – 102،000 ރުފިޔާ
ށ. ފުނަދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް – 102،000 ރުފިޔާ
ރ. މީދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 59،000 ރުފިޔާ
ޅ. ނައިފަރު އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް – 126،000 ރުފިޔާ
ކ. ގުޅީ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 59،000 ރުފިޔާ
އއ. މަތިވެރި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 102،000 ރުފިޔާ
އދ. ފެންފުށި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 40،000 ރުފިޔާ
ފ. ފީލައީ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 58،000 ރުފިޔާ
ދ. ރިނބިދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 65،000 ރުފިޔާ
ގއ. ވިލިނގިލި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް – 102،000 ރުފިޔާ
ގދ. ނަޑެއްލާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 40،000 ރުފިޔާ
ގދ. މަޑަވެލި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 61،000 ރުފިޔާ
ގދ. ހޯނޑެއްދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 58،000 ރުފިޔާ
ގދ. ފަރެސްމާތޮޑާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 61،000 ރުފިޔާ
ފިނޭންސް މިނިސްޓްރީން ބުނީ މިމަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
މިމަސައްކަތްތަކަށް ބީލަން ހުށަހަޅަންޖެހެނީ ބީލަން ޕޯޓަލް މެދިވެރިކޮށް ކުރިއަށް އޮތް ޖުލައި 16 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިންނެވެ.




