މިދިޔަ މަހު 192،058 ފަތުރުވެރިން

ނިމިދިޔަ އޮގަސްޓް މަހު ރާއްޖެއަށް 192،058 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ޒިޔާރަތްކުރި 176،175 ފަތުރުވެރިންނަށްވުރެ ނުވަ ޕަސެންޓް އިތުރުވުމެކެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.49 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.36 މިލިއަން ފަތުރުވެރިންނަށްވުރެ 9.4 ޕަސެންޓް އިތުރު އަދަދެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 235,725 ފަތުރުވެރިން
ރަޝިއާ – 178,269 ފަތުުރުވެރިން
އިނގިރޭސިވިލާތް – 134,376 ފަތުުރުވެރިން
އިޓަލީ – 106,855 ފަތުުރުވެރިން
ޖަރުމަނު – 102,932 ފަތުުރުވެރިން
އިންޑިއާ – 85,360 ފަތުުރުވެރިން
އެމެރިކާ – 43,679 ފަތުުރުވެރިން
ފްރާންސް – 41,053 ފަތުުރުވެރިން
ސްޕެއިން – 34,397 ފަތުުރުވެރިން
އޮސްޓްރޭލިއާ – 27,249 ފަތުރުވެރިން
ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު 1،254 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 903 ގެސްޓްހައުސް އާއި 161 ސަފާރީ އަދި 16 ހޮޓާ ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *