އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު"ގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހެރިޓޭޖު މިނިސްޓްރީން ބުނީ އެއްވަނައަށް ހޮވޭ ލޯގޯ އިއުލާން ކުރާނީ މިމަޝްރޫއު ރަސްމީކޮށް އިފްތިތާހް ކުރުމަށް ހަމަޖެހިފައިވާ ދުވަހު ކަމަށެވެ.

ލޯގޯ ފަރުމާކުރުމަށްފަހު ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

ލޯގޯ ފަރުމާކުުރުމާ ބެހޭ ގަވާއިދާއި ފޯމުވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ.

މިމަޝްރޫއުގެ މީޑިއާ ޕާޓްނަރުންނާއެކުވެސް މިއަދު ވަނީ އެއްބަސްވުމުމެއްގައި ސޮއިކޮށްފަ އެވެ.

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް މުއިއްޒު އިއުލާންކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *