ޓަވަރެއްގެ މަތިން ވެއްޓުނު ބިދޭސީއަކަށް ފަރުވާ ދެނީ

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ރ. ފުއްގިރީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ޓަވަރެއްގެ މަތިން ވެއްޓި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މިހާދިސާގައި އަނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ގާތްގަނޑަކަށް 25 ފޫޓު މަތިން ވެއްޓި އަނިޔާވި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 3:58 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

އެމީހާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ޔަގީންކޮށްދީފައިވެ އެވެ. އެކަމަކު އޭނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *