ޗައިނާ ފަތުރުވެރިން 18 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 18.8 ޕަސެންޓް އިތުރުވެއްޖެ އެެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ނިޔަލަށް ޗައިނާއިން 246،834 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ޒިޔާރަތްކުރީ 207,749 ފަތުރުވެރިންނެވެ.

ޗައިނާގެ އިތުރުން ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަނު، އިންޑިއާ، ފްރާންސް އަދި ސްޕެއިނުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު އިތުރުވެފަ އެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބު 2025 އަދި 2024 (ސެޕްޓެމްބަރު 15)
ރަޝިއާ: 2025 – 187,731 | 2024 – 154,178 | 21.7 ޕަސެންޓް އިތުރު
އިނގިރޭސިވިލާތް: 2025 – 139,789 | 2024 – 121,903 | 14.6 ޕަސެންޓް އިތުރު
އިޓަލީ: 2025 – 109,476 | 2024 – 103,752 | 5.5 ޕަސެންޓް އިތުރު
ޖަރުމަނު: 2025 – 107,686 | 2024 – 100,420 | 7.2 ޕަސެންޓް އިތުރު
އިންޑިއާ: 2025 – 89,639 | 2024 – 85,894 | 4.3 ޕަސެންޓް އިތުރު
ފްރާންސް: 2025 – 42,063 | 2024 – 40,196 | 4.6 ޕަސެންޓް އިތުރު
ސްޕެއިން: 2025 – 36,758 | 2024 – 31,885 | 15.2 ޕަސެންޓް އިތުރު

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަސް ބަލާއިރު އެމެރިކާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ދަށަށް ގޮސްފަ އެވެ.

އެ ގޮތުން އެމެރިކާއިން މިދިޔަ އަހަރުގެ މި މުއްދަތުގައި 48,180 ޒިޔާރަތްކުރި ނަމަވެސް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ 45،557 ފަތުރުވެރިންނެވެ. މިއީ 5.4 ޕަސެންޓް ދަށަށްވުމެކެވެ.

އެހެން ނަމަވެސް، ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 9.6 ޕަސެންޓް އިތުރުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *