ފަތުރުވެރިންގެ އަދަދު 9.6 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.6 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް 1.58 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މި އަދަދު މިދިޔަ އަހަރުގެ މުއްދަތުގައި ހުރީ 1.44 މިލިއަންގަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުން މި އަހަރުގެ މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 252,384 ފަތުރުވެރިން
ރަޝިއާ – 192,220 ފަތުުރުވެރިން
އިނގިރޭސިވިލާތް – 141,874 ފަތުުރުވެރިން
އިޓަލީ – 110,433 ފަތުުރުވެރިން
ޖަރުމަނު – 110,388 ފަތުުރުވެރިން
އިންޑިއާ – 91,328 ފަތުުރުވެރިން
އެމެރިކާ – 46,322 ފަތުުރުވެރިން
ފްރާންސް – 42,484 ފަތުުރުވެރިން
ސްޕެއިން – 37,895 ފަތުުރުވެރިން
އޮސްޓްރޭލިއާ – 29,527 ފަތުރުވެރިން

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 73.5 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

ގެސްޓްހައުސްތަކުގައި 21.8 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 2.6 ޕަސެންޓް އަދި ސަފާރީތަކުގައި 2.1 ޕަސެންޓް ޗުއްޓީ ހޭދަކުރި އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 174 ރިސޯޓާއި 919 ގެސްޓްހައުސްގެ އިތުރުން 161 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *