1.9 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި

ހަރަދުތައް ހަމަޖެއްސުމަށް 1.9 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ހަތަރު ޓީ-ބިލެއް ވިއްކާފައިވެ އެވެ.

މީގެ ތެރޭގައި ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 1.1 ބިލިއަން ރުފިޔާގެ ޓީބިލަކާއި ޑިސެމްބަރު 29 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 169 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.

މީގެ އިތުރުން އަންނަ އަހަރުގެ މާޗް 23 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކަންޖެހޭ 35 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 592.4 މިލިއަން ރުފިޔާގެ ޓިބިލެއް ހިމެނެ އެވެ.

ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.

ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *