ހަލާލް ޓޫރިޒަމު ހިމެނޭ ގޮތަށް ރިސޯޓު ހަދަން ރަށްތަކެއް ބީލަމަށް

ހަލާލް ޓޫރިޒަމުގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ފަޅަކާއި ތިން ރަށާއި އާންމު އުސޫލުން ރިސޯޓު ތަރައްގީކުރުމަށް 13 ރަށެއް ބީލަމަށް ލައިފި އެވެ.

ހަލާލް ޓޫރިޒަމަށް ހުޅުވާލާފައިވަނީ ލ. ފޮނަގާދޫ އާއި، ސ. ދޮންހެރައާއި، އެ ރަށުގެ ކައިރީގައި އޮންނަ 0.85 ހެކްޓަރުގެ ރަށެއްގެ އިތުރުން ހދ. މަކުނުދޫ ފަޅުން 200 ހެކްޓަރުގެ ސަރަހައްދެކެވެ.

އާންމު އުސޫލުން ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލާފައިވާ 13 ރަށަކީ ހއ. އަތޮޅުގެ މާދުނި ފަރުގެ ތިން ސަރަހައްދަކާއި، ކެލާ ފަޅުގެ ދެ ސަރަހައްދަކާއި، ހދ. އަތޮޅުގެ މަކުނުދޫ ފަރުގެ ދެ ސަރަހައްދަކާއި، މާފަރު ފަރުގެ ތިން ސަރަހައްދެއްގެ އިތުރުން ށ. އަތޮޅުގެ ގޮނާފަރުގެ ތިން ސަރަހައްދެކެވެ.

މިތަންތަނަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ކުރިއަށް އޮތް މާޗް މަހުގެ 5 ވަނަ ދުވަހެވެ.

ހަލާލު ޓޫރިޒަމަށް ރަށްތައް ތަރައްގީ ކުރާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 35،000 ޑޮލަރު ހުށަހަޅަން ޖެހޭއިރު އާންމު އުސޫލުން ރިސޯޓު ތަރައްގީ ކުރާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000 ޑޮލަރު ހުށަހަޅަންޖެހެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ތެރޭގައިވެސް 32 ރަށެއް ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލާފަ އެވެ. އެކަމަކު ބިޑު ހުށަހެޅީ މަދު ރަށްތަކަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *