އަސާސީ ކާބޯތަކެތި އެސްޓީއޯގެ އައުޓްލެޓްތަކުން މި ރޯދަމަހު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އިތުރުކުރެވުނު ބާވަތްތަކާއެކު، ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން އަސާސީ ކާބޯތަކެތީގެ 26 ބާވަތް އެސްޓީއޯގެ އައުޓްލެޓްތަކުން މި ރޯދަ މަހު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި އަސާސީ ކާބޯތަކެތި ލިބެން ހުންނަ އެސްޓީއޯގެ އައުޓްލެޓްތައް
އެސްޓީއޯ ޕީޕަލްސް ޗޮއިސް – މާލެ
އެސްޓީއޯ ހޯލްސޭލްސް – ނޯތު ހާބަރު
އެސްޓީއޯ އިންޑަސްޓިއަލް ވިލެޖު
އެސްޓީއޯ ވިލިމާލެ ފިހާރަ
މީގެ އިތުރުން ރޯދަ މަސް ފެށުމުގެ ކުރިން ހުޅުމާލޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަތޮޅުތަކުގައި އެސްޓީއޯއިން ތަކެތި ފޯރުކޮށްދޭ ތަންތަން
ހއ. ހޯރަފުށި
ހދ. ކުޅުދުއްފުށި
ބ. އޭދަފުށި
ކ. ވިލިމާލެ
ކ. ހުޅުމާލެ
ލ. ފޮނަދޫ
ގއ. ވިލިނގިލި
ގދ. ތިނަދޫ
ޏ. ފުވައްމުލައް
ސ. ހިތަދޫ
ސ. މަރަދޫފޭދޫ
ސ. ފޭދޫ
ސ. ހުޅުމިދޫ
އިކޮނޮމިކް މިނިސްޓްރީން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ތަކެތި އެސްޓީއޯ އިން ވިއްކަން ފެށީ އޮކްޓޫބަރު 15، 2025 ގަ އެވެ.
އަސާސީ ބާވްތަކުގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް 10 މޭވާ އާއި 10 ތަރުކާރީ އަދި އެހެނިހެން ތިން ބާވަތެއްގެ ކާބޯތަކެތި އިތުރުކޮށް އަސާސީ ކާބޯތަކެތީގެ ލިސްޓް އާންމުކުރީ ސެޕްޓެމްބަރު މަހު އެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި މޭވާ
ދޮންކެޔޮ
އާފަލު
އޮރެންޖު
ލުނބޯ
ޖުމްހޫރީމޭވާ
އަނބު
ފަޅޯ
ކަރާ
މިރުސް
މޭބިސްކަދުރު
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި ތަރުކާރީ
ފިޔާ
އިނގުރު
ކެރެޓު
ބަށި
ކައްޓަލަ
އަލުވި
ކެބެޖު
ބަރަބޯ
ބޯވެލި
ލޮނުމެދު
އަސާސީ ކާބޯތަކެތީގެ ލިސްޓަށް ދެން އިތުރުކޮށްފައިވަނީ ރީނދޫ މުގާއި ކުކުޅު ބިހުގެ އިތުރުން ކާއްޓެވެ.




