އުރީދޫ މޯލްޑިވްސް އިން މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ތަފާތު ޑިޖިޓަލް ތަޖުރިބާއެއް ގެނެސްދިނުމަށްޓަކައި "އުރީދޫ ކަރާފެޅުން" އަދި ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.
ADS BY DHIRAAGU
އުރީދޫ އިން މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކުރި ކެމްޕެއިން ވީޑިއޯގައި ފެނިގެންދަނީ އާދަޔާ ހިލާފު ޗެލެންޖަކާއި ކުރިމަތިލާން ޖެހޭ ފަސް މީހަކަށް ދިމާވާ ހާދިސާއެކެވެ.
އެ ގޮތުން ކެމްޕެއިން ވީޑިއޯގައި ފެނިގެންދަނީ އާދަޔާ ހިލާފު ޗެލެންޖަކާއި ކުރިމަތިލާން ޖެހޭ ފަސް މީހަކަށް ދިމާވާ ހާދިސާއެކެވެ.
މި ކެމްޕެއިންގެ މައިގަނޑު އަސާސަކީ ރަމަޟާން މަހުގެ ހަގީގީ ރޫޙު ކަމުގައިވާ އޯގާތެރިކަމާއި ފިކުރާއި އަގީދާއާއި އެއްބައިވަންތަކަމުގެ ރޫހާއި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމަށް އެކަތިގަނޑަކަށްވެ، ޖީލުތަކަށް ވާރުތަވަމުން އަންނަ ރީތި ދިވެހި ސަގާފަތް ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އުރީދޫ އިން ބުނި ގޮތުގައި މި ކެމްޕެއިން ފާހަގަކުރަނީ ހަގީގީ ސުޕަޕަވާއަކީ ކޮންމެ މީހެއްގެ ކިބައިގައި ވެސް އޮންނަ އެއްޗެއްކަން ގަބޫލުކުރުމެވެ.
އުރީދޫ ކަރާ ފެޅުން
މި ކެމްޕެއިންގެ ދަށުން އުރީދޫ ކަރާފެޅުން ގޭމް ސުޕައެޕް މެދުވެރިކޮށް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުޅެވޭނެ އެވެ. އެ ގޮތުން ކާރާ ފެޅުމަށް ވާދަކުރާ ދެ ޓީމުގެ ތެރެއިން އެއް ޓީމުގައި ބައިވެރިވެވޭނެ އެވެ.
އުރީދޫ ކަރާ ފެޅުން ގޭމްގެ ބޮޑު އިނާމެއްގެ ގޮތުގައި 100،000 ރުފިޔާގެ ހާއްސަ ބަންޑަލްއެއް އުރީދޫ އިން ވަނީ ހުށަހަޅާފަ އެވެ.
ބަންޑަލްގައި ހިމެނޭ އިނާމުތައް
ޑީޖޭއައި މިނީ 5 ޕްރޯ ފްލައި މޯ ކޮމްބޯ ޕްލަސް ޑްރޯން
ޑީޖޭއައި ނިއޯ 2 މޯޝަން ފްލައި މޯ ކޮމްބޯ ޑްރޯން
އޮސްމޯ އެކްޝަން 6 އެޑްވެންޗާ ކޮމްބޯ
ޑީޖޭއައި ޕޮކެޓް 3 ކްރިއޭޓަރ ކޮމްބޯ
އެޕަލް ޕެންސިލްއާއެކު އައިޕެޑް އެއާ
މެކްބުކް އެއާ އެމް5
އައިފޯން 17 ޕްރޯ (256 ޖީބީ)
މީގެ އިތުރުން ކޮންމެ ދުވަހަކު ކަރާ ފެޅުން ކުޅެގެން ރޯދަ މަހު ހިލޭ ޑޭޓާ، ފައިސާގެ އިނާމު އަދި އެހެނިހެން ހިތްގައިމު ހަދިޔާތައް ވެސް ލިބޭނެ އެވެ.
ސުޕަނެޓް
ރޯދަމަހު އުރީދޫގެ ސުޕަނެޓުގެ އެކްސްޕީރިއަންސް އިތުރަށް ރަނގަޅުކޮށް، ހޮވާލެވޭ ސުޕަނެޓް ޕެކޭޖްތަކަށް ހިލޭ ސްޕީޑް އަޕްގްރޭޑް ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އަޕްގްރޭޑްކޮށްފައިވާ ސްޕީޑްތަކުގެ ތެރޭގައި
ސުޕަނެޓް އަންލިމިޓެޑް 30 އެމް އަށް 100 އެމްބީޕީއެސް
ސުޕަނެޓް އަންލިމިޓެޑް 50 އެމް އަށް 150 އެމްބީޕީއެސް
ސުޕަނެޓް އަންލިމިޓެޑް 100 އެމް އަށް 200 އެމްބީޕީއެސް
ސުޕަނެޓް އަންލިމިޓެޑް 200 އެމް އަށް 250 އެމްބީޕީއެސް
މި އަޕްގްރޭޑްތަކުގެ ބޭނުމަކީ މުޅި މަހު މެދުކެނޑުމެއްނެޓް ގުޅުން ދެމެހެއްޓުމަށް އެހީތެރިވެދިނުން ކަމަށާއި މިއީ އުރީދޫއަށް ލިބުނު އޫކްލާ ބެސްޓް ފިކްސްޑް ނެޓްވޯކް ގެ އުފަލުގައި ކަސްޓަމަރުންނަށް ދެވޭ ހަދިޔާއެއް ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
ހާރުދަން ޕެކްތައް
އުރީދޫ މޯލްޑިވްސް އިން ވަނީ މި ރޯދަމަހުގެ ހަރަކާތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ހާރުދަން ޕެކްތަކެއް ތައާރަފްކޮށްފަ އެވެ.
އެ ގޮތުން އުރީދޫ އެޕް މެދުވެރިކޮށް ހާރުދަން ޕެކްތައް މެންދަމު 1:00 އިން ފަތިހު 5:00 އަށް ލިބޭނެ އެވެ.
ޑޭޓާ ޕެކް މެދުވެރިކޮށް ރެގިއުލާ 5 ޖީބީ ޑޭޓާ 35 ރުފިޔާއަށް 24 ގަޑިއިރަށް ލިބޭނެ އެވެ. މީގެ އިތުރުން ވޮއިސް ޕެކް މެދުވެރިކޮށް އަންލިމިޑެޓް ކޯލް އުރީދޫއަށް 10 ރުފިޔާއަށް 24 ގަޑިއިރަށް ލިބޭނެ އެވެ.
އުރީދޫ އިން ބުނީ މި ޕެކްތަކަކީ ހަމައެކަނި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕެކްތަކެއް ކަމަށާއި އެޕްގައި ކައުންޓްޑައުން ޓައިމާ އިން ދެން އެކްޓިވޭޓް ކުރެވޭނެ ޕީރިއަޑް ދައްކާނެ ކަމަށެވެ.
ވެލިއު ޝެއާ ޕްލަސް
އުރީދޫ އިން ވަނީ ވެލިއު ޝެއާ ޕްލަސްގެ ނަމުގައި އާއިލާ އާއި ރައްޓެހިންނަށް ފަސޭހައިން ޑޭޓާ ޝެއާކުރެވޭނެ ހިދުމަތެއްވެސް ތައާރަފުކޮށްފަ އެވެ.
އެ ގޮތުން ޖުމްލަ 100 ޖީބީ ޑޭޓާގެ ތެރެއިން 40 ޖީބީ ޕާސަނަލް ޑޭޓާއަށް އަދި 60 ޖީބީ ޝެއާޑް ޑޭޓާގެ ގޮތުގައި 10 ދުވަހުގެ މުއްދަތަށް 300 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭނެ އެވެ.
ބޯޑާލެސް ޕާސް – ބޭރު ގައުމުތަކުގައި އާއިލާތައް ގުޅުވައިދިނުން
ރޯދަމަހު ރާއްޖެއިން ބޭރުގައި ތިބި ރައްޓެހިންނާއި އާއިލާއާ ގުޅުން ބަދަހިކޮށްލުމަށް އުރީދޫ އިން ވަނީ ބޯޑާލެސް ޕާސް ތައާރަފުކޮށްފަ އެވެ.
މި ހިދުމަތް މެދުވެރިކޮށް ހޮވާލެވޭ ގައުމުތަކަށް 30 އައިޑީޑީ މިނެޓާއި 2ޖީބީ އައިއެމްއޯ ޑޭޓާ ތިން ދުވަހުގެ މުއްދަތަކަށް 45 ރުފިޔާއަށް ލިބޭނެ އެވެ.
ޕްރީޕެއިޑް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ލިބޭނެ މި ހިދުމަތް ލިބޭއިރު ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ފިލިޕީންސް އަދި ސްރީލަންކާއަށް ކުރާ ކޯލްތަކަށް އެޕްލައި ކުރެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
ނަމާދު އެލާޓް ސާވިސް
އެހެން އަހަރުތަކެކޭ އެއްފަދައިން އުރީދޫން ހިލޭ ނަމާދު އެލާޓްގެ ހިދުމަތް މިއަހަރުވެސް ފޯރުކޮށްދޭނެ އެވެ. އެ ގޮތުން ކޮންމެ ނަމާދެއްގެ 15 މިނެޓު ކުރިން އެސްއެމްއެސް ނޮޓިފިކޭޝަން ލިބުމަށް ސަބްސްކްރައިބް ކޮށްލެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފަ އެވެ.
އެމް-ފައިސާ ރަމަޟާން އިނީޝިއޭޓިވްސް
ރަމަޟާން މަހާ ދިމާކޮށް އުރީދޫ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް "އެމް-ފައިސާ" މެދުވެރިކޮށް ދީލަތިކަމުގެ ރޫހު ޕްރޮމޯޓް ކުރަމުން އަންނަ ކަމަށް އުރީދޫއިން ބުންޏެވެ.
ޒަކާތް ދެއްކުން
އުރީދޫ އިން ބުނީ ކަސްޓަމަރުން ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.
އެ ގޮތުން ރޯދަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
ރޯދަވިއްލުން ހަދިޔާ ކުރުން
އެމް-ފައިސާ މެދުވެރިކޮށް ގްރޭޓާ މާލެ ސަރަހައްދުގެ މިސްކިތްތަކަށް ރޯދަ ވީއްލުން ޕެކް ހަދިޔާ ކުރެވޭނެ ހިދުމަތްވެސް އުރީދޫ އިން ވަނީ ތައާރަފުކޮށްފަ އެވެ.
އެމް-ފައިސާ ޑޮނޭޝަން ހަބް
އުރީދޫ އިން ވަނީ އެމް ފައިސާ ޑޮނޭޝަން ހަބް މެދުވެރިކޮށް އެކި ޖަމިއްޔާތަކަށް ފައިސާގެ އެހީ ފޯރުކޮށްދެވޭނެ ހިދުމަތްވެސް ތައާރަފުކޮށްފަ އެވެ.
އެ ގޮތުން ޑޮނޭޓް ކުރެވޭ އެންޖީއޯތަަކުގެ ތެރޭގައި
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް
ފިޔަވަތި
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އިތުރު އެންޖީއޯތައް އިތުރުކުރާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
މި ރޯދަމަހުގެ ކެމްޕެއިންގެ ދަށުން އުރީދޫ މޯލްޑިވްސްއިން ދަނީ ޑިޖިޓަލް ލައިފްސްޓައިލް ފަސޭހަކުރުމަށާއި، މުޖުތަމައުގެ ގުޅުންތައް ބަދަހިކޮށް، ފައިދާހުރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދެމުންނެވެ.
މުނިފޫހިފިލުވުމާއި ކަނެކްޓިވިޓީ ސޮލިއުޝަންތަކުން ފެށިގެން ދީލަތިކަމާއި އިތުބާރަށް ހިތްވަރުދޭ އިނީޝިއޭޓިވްތަކާ ހަމައަށް މަސައްކަތް ކުރަނީ މި ރޯދަމަހަށް ހާއްސަ ކަންތައްތަކެއް ފޯރުކޮށްދިނުމަށް ކަމަށް އުރީދޫ އިން ބުންޏެވެ.




