އެސްޓީއޯގެ އާ ފިހާރައެއް ހުޅުމާލެ ފޭސް 1ގައި ހުޅުވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އާ ފިހާރައެއް ހުޅުމާލެ ފޭސް 1 ގައި ހުޅުވައިފި އެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ފިހާރަ ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ފިހާރަ ހުޅުވީ ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

އެސްޓީއޯ އިން ބުނީ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް މި ފިހާރައިން ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ހޯމް އިމްޕްރޫވްމަންޓް ސާމާނުވެސް މި ފިހާރައިން ލިބެން ހުންނާނެ އެވެ.

މި ފިހާރަ ހުންނާނީ ހުޅުމާލޭ ރީތިގަސް މަގު ރެއިން ކޮރަލް ރެޒިޑެންޓްގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *