ނޭޕާލްގެ ބޮޑުވަޒީރުކަމުގެ ހުވާ ބަލެންދްރަ ޝާހް ކުރައްވައިފި އެވެ.
އުމުރުން 35 އަހަރުގެ ބަލެންދްރަ ޝާހްއަކީ ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާ އެވެ.
ޝާހް މަގާމުގެ ހުވާ ކުރެއްވީ އެ ގައުމުގެ ރައީސްގެ ރަސްމީ ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބޭރުގެ ޑިޕްލޮމޭޓުންނާއި ނޭޕާލް ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި މަހުގެ 5 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޝާހްގެ ރާސްތުރިޔާ ސްވަތަންތުރަ ޕާޓީ (އާރްއެސްޕީ) އިން ވަނީ 275 ގޮނޑި ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 182 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން އިސްވެ ކުރި މުޒާހަރާތަކުގައި 76 މީހުން މަރުވި ހާދިސާއަށްފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ.




