މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު އިސްތިއުފާ ދެއްވައިފި

މި ސަރުކާރުގައި މިފްކޯއަށް އައްޔަނުކުރެވުނު ތިންވަނަ ސީއީއޯ ފަރުހަތު ޝަހީރު، މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ވޮއިސް އަށް އެނގިފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިއަދުއެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ، ދާދިފަހުން މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ބޮޑު ކުރި މައްސަލަ ހޫނުވެފައި ވަނިކޮށް، އެ ކުންފުނިން އެކަންކުރީ ސަރުކާރަށް ނޭނގި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. މަސްދަޅުގެ އަގު ބޮޑު ކުރުމަށްފަހު އެ ދުވަހު މިފްކޯއިން ވަނީ އެ ނިންމުން ބަދަލުކޮށް އަގު ކުރީގެ އަގަށް އިއާދަކޮށްފައެވެ.

މިފްކޯގެ ފަރުހަތު ހަވާލުވެވަޑައިގަތީ މިދިޔަ އަހަރު މާރިޗު މަހުގެ ތެރޭގައެވެ. އއޭގެ ކުރިން އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވީ ޑރ. ވިޓަލީ ލިއުބިމޯވް ކިޔާ ބޭރުގެ ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *