ރާއްޖޭގެ ރިއަލް ޖީޑީޕީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 3.3 ޕަސެންޓް ކުރި އަރައިފި އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިއަލް ޖީޑީޕީ ހުރީ 28.38 ބިލިއަން ރުފިޔާގަ އެވެ.
މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 912 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 372 މިލިއަން ރުފިޔާ — 1.3 ޕަސެންޓް ކުރި އެރުމެކެވެ.
ރިއަލް ޖީޑީޕީ ކުރިއެރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މާލީ ހިދުމަތްތަކުގެ ދާއިރާ އާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ކުރިއެރުން ހިމެނެ އެވެ.
އެ ގޮތުން ޖީޑީޕީގެ ކުރިއެރުމަށް މާލީ ދާއިރާއިން 1.3 ޕަސެންޓް ހިއްސާކޮށްފައިވާއިރު، ވިޔަފާރީގެ ދާއިރާއިން ވަނީ 0.8 ޕަސެންޓް ހިއްސާކޮށްފަ އެވެ.




