ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އަޒީޒާ މިސްކިތަށް ގެއްލުންތަކެއް ދީފި އެވެ.
ވަކި މިސްކިތެއްގެ ނަން ނުބުނެ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފައިވާ މައްސަލަ އިއްޔެ ފަތިހު 3:47 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މިމައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ނުބުނެ އެވެ.
މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.




