ސަރުކާރު ކުންފުނިތަކުގެ އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ބަދަލެއް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބަދަލުތަކެއް ގެނެސްފި އެވެ.

ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގައި މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ގެންގުޅޭ އުސޫލުތައް އެއްހަމަކުރުމުގެ ގޮތުންނާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުން އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލުތަކެއް ކަނޑައަޅާފަ އެވެ.

ޕީސީބީގެ އެންގުން

  • 1 – އިތުރު ގަޑީގެ ފައިސާގެ ދެވޭނީ ހަފުތާއަކު 48 ގަޑިއިރައްވުރެއް އިތުރަށް މަސައްކަތްކުރާ ވަގުތަށް ކަމަށް ކަނޑައެޅުން.
  • 2 – އިތުރު ގަޑީގެ ފައިސާ ދެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅައިގެން (އޯޓީ ކެޕްކޮށްގެން) އިތުރު ގަޑީގެ ފައިސާދެމުންދާ ކުންފުނިތަކުން، ފުރަތަމަ ބަޔާންކޮށްފައިވާ އުސޫލާއި އަޅާކިޔާ، ދެ ގޮތުންކުރެ ކުންފުންޏަށް އެންމެ ފައިދާކުރަނިވި ހަރަދުކުޑަވާ ގޮތަކަށް އިތުރު ގަޑީގެ ފައިސާ ދޭނެ އުސޫލު ކަނޑައެޅުން.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކަށް ޕީސީބީން ފޮނުވި މި ސާކިއުލާއާ އެއްގޮތަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް ވަނީ އަންގާފަ އެވެ.

އެ ގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން މި ބަދަލުތައް ގެނެސް އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން މި ބަދަލުތައް ތަންފީޒު ކުރުމަށް ކުންފުނިތަކަށް ޕީސީބީން ވަނީ އަންގާފަ އެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގައި އިތުރު ގަޑީގެ ފައިސާ ދޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅާފައި ނުވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *