އައްޑޫ ސިޓީގެ އިހްތިސާޞުން ސަވާހެލި ވަކިކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާ ގަރާރެއް ނެރުއްވީ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނީ މިބަދަލު ގެނައީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާތީ ކަމަށެވެ.
އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަކީ ރައީސް މުއިއްޒު އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެކެވެ.




