ރާއްޖޭގެ ޓޫރިޒަމްގެ އެއްވަނަ މާކެޓް — ޗައިނާއިން މިއަހަރުގެ މިހާތަނަށް 200،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 200،047 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ 1.1 މިލިއަން ފަތުރުވެރިންގެ 17.1 ޕަސެންޓެވެ.
ޓޫރިޒަމްގެ ގަދަ 10 ގައުމު
- ޗައިނާ – 200,047 ފަތުރުވެރިން
- ރަޝިއާ – 170,007 ފަތުރުވެރިން
- އިނގިރޭސިވިލާތް – 93,715 ފަތުރުވެރިން
- އިޓަލީ – 77,707 ފަތުރުވެރިން
- ޖަރުމަނު – 73,370 ފަތުރުވެރިން
- އިންޑިއާ – 69,491 ފަތުރުވެރިން
- ފްރާންސް – 30,889 ފަތުރުވެރިން
- އެމެރިކާ – 29,708 ފަތުރުވެރިން
- އޮސްޓްރޭލިއާ – 27,717 ފަތުރުވެރިން
- ސްވިޓްޒަލޭންޑް – 23,093 ފަތުރުވެރިން
ރާއްޖޭގައި ފަތުރުވެރިކަމަށް މި ވަގުތު އޮޕަރޭޝަންގައި ހުރީ 1،307 ފެސިލިޓީ އެވެ.
އޭގެ ތެރޭގައި 179 ރިސޯޓާއި 939 ގެސްޓްހައުސް އާއި 16 ހޮޓާ އަދި 173 ޓޫރިސްޓް އުޅަނދު ހިމެނެ އެވެ.
މި ފެސިލިޓީތަކުގައި ހުރީ 68،254 އެނދެވެ.




