އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށަނީ

މާލޭގެ އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި މަގު މަރާމާތް ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓް ފަށާތީ ރޭ 12:00 އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ ޕާކާ ހަމައިން އިއްޒުންދީން މަގާ ހަމައަށް އަމީނީމަގު މިހާރު ވަނީ ބަންދުކޮށްފަ އެވެ.

އެހެންވެ މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށްވެސް ފުލުހުން ވަނީ އަންގާފަ އެވެ.

މި މަޝްރޫއު ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ އޮގަސްޓް 28 ވަނަ ދުވަހަށެވެ.

އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ކުރީގެ ހައުސިން މިނިސްޓްރީން ކައިރިން ފެށިގެން ހުޅަނގަށް ބޮޑުތަކުރުފާނު މަގާއި ހިސާބަށް އޮންނަ ސަރަހައްދުގައި ތާރު އަޅަން ފެށީ ޖެނުއަރީ 2024 ގައެވެ. އަދި އެ ސަރަހައްދުގެ މަސައްކަތް ނިންމާ އެއްކޮށް ހުޅުވާލީވެސް އެ މަހު އެވެ.

ނަމަވެސް، އަމީނީމަގު ހުޅުވާލިފަހުން އެ މަގުގެ ބައެއް ސަރަހައްދުތަކުގެ ތާރުގަނޑު އުފުލި މަގު ވަރަށް ބޮޑަށް ހަލާކުވި އެވެ.

އަމީނީމަގުގައި މިހާރު ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *