ގަވާއިދާ ހިލާފަށް ބިދޭސީން ހިންގި 100 އަށްވުރެ ގިނަ ވިޔަފާރި ބަންދު

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދިޔަ 100 އަށްވުރެ ގިނަ ވިޔަފާރި ބަންދުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ނޮވެމްބަރު 2025 އިން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 107 ވިޔަފާރިއެއް ވަނީ ބަންދުކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކާ ގުޅޭ ގޮތުން މި މުއްދަތުގައި 447 ޝަކުވާ ލިބުނެވެ.

މި މުއްދަތުގައި 274 ވިޔަފާރި ބަލައިފާސްކޮށް 107 ވިޔަފާރި ބަންދުކުރިއިރު އަލުން ހުޅުވުމުގެ ހުއްދަ 68 ވިޔަފާރިއަކަށް ދީފައިވެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓްކުރަމުންދާއިރު މި ސަރުކާރުގައި މިހާތަނަށް 12،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *