ސްކޭމުގެ 42 މައްސަލަ، އަނބުރާ ހޯދުނީ 163،558 ރުފިޔާ

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ހިމެނޭ 334،549 ރުފިޔާގެ ތެރެއިން 163،558 ރުފިޔާ ހޯދައިދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

މިއީ މިދިޔަ ޖުލައި 26 އިން އޯގަސްޓް އެކެއްގެ ނިޔަލަށް ހިނގި ހަފުތާގައި ފުލުހުންނަށް ހުށަހެޅި ސްކޭމްގެ 42 މައްސަލައިގައި ހިމެނޭ ޖުމްލަ ފައިސާއާއި އަނބުރާ ހޯދުނު ފައިސާގެ އަދަދެވެ.

ފުލުހުން ބުނީ މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އެ ހަފްތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން 15 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ގިނައީ ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. މިފަދަ 11 މައްސަލައެއް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 8 މައްސަލައެއް އަދި އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 3 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އަދި އެހެނިހެން ގޮތްގޮތުން ހިންގާފައިވާ ސްކޭމްގެ 5 މައްސަލައެއް އެ މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *