ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމީހާ ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ހިފެހެއްޓުމަށްފަހު އެވެ.
މަސްތުވާތަކެތި އެތެރެކުރަން އެމީހާ މަސައްކަތް ކުރީ ބަރުދަނުގައި 1،180 ގްރާމް ހުރި ކޮކެއިން ދިރުވާލައިގެން ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މިމައްސަލައިގައި ހިމެނޭ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް އިދާރާއަކުންވެސް އަދި ހާމައެއް ނުކުރެ އެވެ.




