އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް އިސްވެ ހުންނަވައި އިރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އެމެރިކާއަށް ގެއްލިއްޖެ ކަމަށް އެ ގައުމުގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ސެނެޓާ ކްރިސް މަފީ ވިދާޅުވެއްޖެ އެވެ.
އިތުރަށް މި ހަނގުރަމަ ދިގު ދަންމާ ކޮންމެ ދުވަހަކީ އެމެރިކާއަށް އިތުރު ނިކަމެތި ކަމެއް ލިބި އިރާން އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމެއް ކަމަށް އެބޭފުޅާ ފާހަގަ ކުރެއްވި އެވެ.
ސެނެޓާ މާފީ ވިދާޅުވީ ޓްރަމްޕަށް ރަނގަޅު ޑީލެއް ނުހޯދުނު ކަމަށާއި ދެން ކޮންމެ ޑީލެއްގެ ތެރެއިން ނަމަވެސް ހޮރުމޫޒު ކަނޑުއޮޅި ހުޅުވައި އެތަން އާންމު ހާލަތަކަށް ގެންނަން ވެއްޖެ ކަމަށެވެ.
ހޮރުމޫޒު ކަނޑުއޮޅި ބަންދުވެ، ހަނގުރާމައިގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމުން އޭގެ އަގު އެމެރިކާގެ ރައްޔިތުން މިހާރު ދައްކަން ޖެހިފައިވާ ކަމަށް މާފީ ވިދާޅުވި އެވެ.
"އެމެރިކާ މި ދަނީ ދުވަހެއް ދުވަހަކަށް ވުރެ ނިކަމެތިވަމުން، އޭގެ ބަދަލުގައި އިރާން މި ފެންނަނީ ވަރުގަދަވެ ބޮޑުވާތަން،" އެންބީސީ ނިއުސް އާއި ވާހަކަ ދައްކަވަމުން ކެނެޓިކަޓްގެ ސެނެޓާ މާޕީ ވިދާޅުވި އެވެ.




